މިދަންނަވާ ކަންތައްތައް، 03 ޖޫން 2021 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2021/11 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 3 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން، ރަށު ކައުންސިލްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް މާލީގޮތުން އެހީތެރިވުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން އެކުލަވާލާފައިވާ 300,000.00 ރ (ތިންލައްކަ ރުފިޔާ) ގެ ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުން.
2021 ވަނަ އަހަރުގެ ފުރަތަމަ ސަޕްލިމެންޓްރީ ބަޖެޓްގެ ސަބަބުން މިއަހަރުގެ ވޯކްޕްލޭނަށް ގެނެވުނު ބަދަލުތަކާއި، 2021 ވަނަ އަހަރުގެ ކުރިޔަށް އޮތް ދުވަސްތަކުގައި ކައުންސިލުން ހިންގަންރާވާ ޙަރަކާތްތަކާއި އެއްގޮތަށް ކައުންސިލްގެ މިއަހަރުގެ ވޯކްޕްލޭން ފާސްކުރުން.
2021 ވަނަ އަހަރުގެ ފުރަތަމަ ސަޕްލިމެންޓްރީ ބަޖެޓްގެ ސަބަބުންނާއި 2021 ވަނަ އަހަރުގެ ވޯކްޕްލޭނަށް ގެނެވުނު ބަދަލުތަކުގެ ސަބަނުން، 2021 ވަނަ އަހަރުގެ ބަޖެޓަށްގެނެވުނު ބަދަލުތައް ހިމަނައިގެން ރިވައިޒްކޮށް ހުށަހަޅާފައިވާ 2021 ވަނަ އަހަރުގެ ރިވައިޒް ބަޖެޓްގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި 6,830,814.00 ( ހަމިލިޔަން އަށްސަތޭކަ ތިރީސްހާސް އަށްސަތޭކަ ސާދަ ރުފިޔާ )، ކެޕިޓަލް ޚަރަދުގެ ގޮތުގައި 1,543,100.00 ( އެއްމިލިއަން ފައްސަތޭކަ ސާޅީސް ތިންހާސް އެއްސަތޭކަ ރުފިޔާ)، ޖުމްލަ 8,373,914.00 ( އަށްމިލިޔަން ތިންލައްކަ ހަތްދިހަ ތިންހާސް ނުވަސަތޭކަ ސާދަ ރުފިޔާ ) ގެ ބަޖެޓް ފާސްކުރުން.
އަތޮޅުރަށްވެހިގެ1 ކުއްޔަށް ދޫކުރުމަށް ނައިފަރު ކޯޕަރޭޓިވް ސޮސައިޓީއާއި ފާދިއްޕޮޅު އަތޮޅު ކައުންސިލާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން، ރަށްވެހިގެ ހުޅަނގުދެކުނު ކަނުން މަގަށް އިތުރު ދޮރެއްކެނޑުމަށް ނައިފަރު ކޯޕަރޭޓިވް ސޮއިޓީން ހުއްދައަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ނައިފަރު ކޯޕަރޭޓިވް ސޮސައިޓީއާއި މިކައުންސިލާއި ދެމެދު 29 އޯގަސްޓް 2019 ގައި ވެފައިވާ އެއްބަސްވުމުގެ 8 ވަނަ މާއްދާގެ “d” ގައި “ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަރާތުން ހުރިހާ ޚަރަދަކާ ޒިންމާވާގޮތަށް މަސައްކަތް ކުރިޔަށް ގެންދިއުމަށް ހުއްދަ ދިނުމަށް ފާސްކުރުން.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
