މިދަންނަވާ ކަންތައްތައް، 02 ޖޫން 2022 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 5/2022 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 31 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެދިލައްވާފައިވާ ގޮތުގެމަތިން އެ އޮތޯރިޓީގެ 2 މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައި ޑެސްކް ޤާއިމް ކުރައްވާއިރު، އެ އޮތޯރިޓީން ހަމަޖައްސަވާ ދެއްވާނެ ކަންތަކާއި، އޭގެއިތުރުން ކައުންސިލް އިދާރާގެ ފަރާތުން ހަމަޖައްސަންޖެހޭނެ ކަންކަން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިތުރަށް ސާފު ކުރަން ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.
ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއާއި، ފާދިއްޕޮޅު އަތޮޅުގޭގެ ސެކިއުރިޓީ ބެލެހެއްޓުން މިހާރަށް ވުރެ ރައްކާތެރިކަމާއި، ހަރުދަނާކަމާއެކު ކުރިއަށްގެންދިއުމަށް ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރަން ފެންނަކަމަށާއި، ސެކިއުރިޓީ އައުޓްސޯސް ކުރުމަށް ހުޅުވާލުމުގެ ކުރިން އިޢުލާނާއި، ސަޕޯޓިންގ ޑޮކިއުމަންޓްސް ކައުންސިލަށް ހުށަހަޅައި ފާސްކޮށްގެން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 17 ވަނަ މާއްދާގެ (ށ)ގައި މިމާއްދާގެ (ހ) ގައި މިގޮތަށް އޮތްކަމުގައި ވީނަމަވެސް، ކޮންމެ މަހަކު 1 ފަހަރު ފިޒިކަލީ މެމްބަރުން ބައިވެރިވާ ޖަލްސާއެއް ބާއްވަން ވާނެކަމަށް ހިމަނައި، ދެން ހުރި މާއްދާތައް ތަރުތީބު ކުރުމަށާއި، މިޤަވާޢިދުގެ 19 ވަނަ މާއްދާގެ (ހ) އިސްލާޙުކޮށް ކޮންމެ ހަފްތާއަކު 1 ޖަލްސާ (މަހަކު 4 ޖަލްސާ) ބޭއްވުމަށް ހިމަނައި، ހިންގާ ޤަވާޢިދަށް މިގެނެވުނު އިސްލާޙުތަކާއެކު، ހިންގާ ޤަވާޢިދު ފާސްކުރަން ފެންނަކަމަށް، ޖަލްސާގެ އިއްތިފާޤުން ފާސްކުރުން.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
